އަލަށް ކާޑު ހައްދާ މީހުންނަށް އަމާޒުކޮށް ބީއެމްއެލްއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި --- ފޮޓޯ: އަވަސް

އަލަށް ކާޑް ހައްދާ މީހުނަށް ޕްރޮމޯޝަނެއް

އަލަށް ކްރެޑިޓް ކާޑު ހައްދާ ކަސްޓަމަރުންނަށް ޖޮއިނިން އަދި އެނުއަލް ފީ ނުނަގާ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި އެވެ.

ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އަލަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަން ފެށީ މިއަދު އެވެ. މި ޕްރޮމޯޝަނުގެ ދަށުން ކްރެޑިޓް ކާޑުގެ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ނުނަގާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

އަދި މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ 500 ކަސްޓަމަރުންގެ ތެރެއިން ކޮންމެ ކަސްޓަމަރަކަށް 2500 ރުފިޔާގެ ކޭޝްބެކް ދޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

މީގެ އިތުރުން ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށާއި އަދި 100،000 ރުފިޔާއާ ހަމައަށް ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ އުނިވެގެންދާނެ ކަމަށެވެ.

ބީއެމްއެލްއިން ވަނީ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް ބީއެމްއެލް ރިވޯޑްސް ގެ ނަމުގައި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމެއް ވެސް ފަށާފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން ބީއެމްއެލް ރިވޯޑްސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓްސް ލިބޭނެއެވެ.

އެގޮތަށް ލިބޭ ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއާލައިނާއި، ހޮޓެލާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!