ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު--

ވިދިވިދިގެން ތިންވަނަ ފަހަރަށް ބަޖެޓު ކޮމެޓީގެ މުގައްރިރުކަން ނާޝިޒަށް

ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް މިފަހަރުވެސް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ހަމަޖައްސައިފިއެވެ. އެ ކޮމެޓީގެ މުގައްރިރަކަށް ނާޝިޒު ހަމަޖެއްސީ ކޮމެޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ. ނާޝިޒަކީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް އެ ކޮމެޓީގެ މުގައްރިރެވެ. ކޮމެޓީގެ އިއްތިފާގުން ނައިބު މުގައްރިރަކަށް މިފަހަރު ވެސް ހަމަޖެއްސީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ބިގޭއަކީ މިދިޔަ އަހަރު ވެސް އެ ކޮމެޓީގެ ނައިބު މުގައްރިރެވެ. އަންނަ އަހަރަށް ލަފާކޮށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި އަންނަ އަހަރު 34 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަޖެޓު ޑެފިސިޓަކީ 9.7 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 ޕަސެންޓުގެ ޑެފިސިޓެކެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!