އެމަރެލްޑް މޯލްޑިވަސް ރިސޯޓުން ކުނި އުކާލުމަށް ދޯންޏަށް ބަރުކޮށްފައި ---

ރިސޯޓަކުން ކަނޑަށް ކުނި އެޅި މައްސަލަ އީޕީއޭއިން ބަލަނީ

ރިސޯޓަކުން ކަނޑަށް ކުނި އެޅި މައްސަލަ ބަލަން ފަށާފައިވާކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ. އެ އޭޖެންސީން ބުނީ ޓޫރިސްޓް ރިސޯޓަކުން ގަވާއިދާ ހިލާފަށް ކަނޑަށް ކުނި އެޅި މައްސަަލައެއް، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ބަލަން ފަށާފައިވާ ކަމަށެވެ. ރ. އަތޮޅު އެމަރެލްޑް މޯލްޑިވަސް ރިސޯޓުން މޫދަށް ކުނިތަކެއް އުކާލުމުން، އެ ރިސޯޓުގައި ޑައިވް މާސްޓަރެއްގެ ގޮތުގައި ތާޑްޕާޓީކޮށް މަސައްކަތް ކުރަމުންދިޔަ, އިގްބާލް ބިލާލް ވަނީ ކުނިތައް ނަގައިގެން ރިސޯޓްގެ ރިސެޕްޝަނަށް އަޅާފައެވެ. އެކަމާ ގުޅިގެން އޭނާ ވަނީ އެ ރިސޯޓުން ބޭރުކޮށްލާފައެވެ. ވަޒީފާ ގެއްލުނު ނަމަވެސް އިގްބާލަކީ ތިމާވެށީގެ ހީރޯއެއްއިތުރަށް ވިދާޅުވުމަށް އޭނާ ބުނާ ގޮތުން އެކަން އެގޮތަށް ކުރަން ޖެހުނީ، ކުނިއަޅާކަން ތަކުރާރުކޮށް ރިސޯޓުގެ ސަމާލުކަމަށް ގެނައުމުން ވެސް އެކަމަށް އެއްވެސްކަހަލަ ހައްލެއް ނުލިބުމުންނެވެ. ގެސްޓުން ގޮވައިގެން ޑައިވް ކުރާތާ 13 ވަރަކަށް އަހަރު ހޭދަކޮށްފައިވާ އިގްބާލް ބުނީ, އެ ކުނިތަކަކީ އެ ރިސޯޓުން މޫދަށް އަޅާ ފުޑް ވޭސްޓާއެކު އުކާލާ ކުނިތައްކަން އޭނާއަށް ޔަގީންވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ އެ ރިސޯޓްގެ އެޗްއާރުގައި އޭނާ ކުރިއެވެ. ނަމަވެސް ރިސޯޓުން އެކަން ހުއްޓައެއްނުލިއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!