އަންހެނަކު މިސްކިތް ގޯތިތެރޭގައި ނިދާފައި / ފޮޓޯ: ސޯޝަލް މީޑިއާ

މިސްކިތު ގޯތިތެރޭގައި ނިދާ އަންހެން މީހާ އެކަން ތަކުރާރުކުރޭތޯ ބަލަން ފުލުހަށް!

މިސްކިތު ގޯތިތެރޭގައި ނިދާ އަންހެނެއް ފާހަގަ ވެ، އޭނާ އެކަން ތަކުރާރުކުރޭތޯ ބަލަން ޖެންޑާ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ. މަޖީދީމަގު ސޯސަންމަގު ކަންމަތީގައި ހުންނަ އިބްރާހިމީ މިސްކިތު ގޯތިތެރޭގައި ހުންނަ ގަސް ބުޑެއްގައި ކޮންމެ ރެޔަކު އިނދެ ނިދާ އަންހެނަކު ފެންނަ ފޮޓޯއެއް ދާދި ފަހުން ސޯޝަލް މީޑިއާގަައި ވަނީ އާންމު ވެފައެވެ. އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ މިނިސްޓްރީގެ އެސްއެސްޑީ ޓީމުން ބެލުމަށް ފަހު، އެކަން ތަކުރާރުވޭތޯ ބެލުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. މިފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް 1421 ގުޅުމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. “ދަ ޕްރެސް” އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ރިޒްނާ ޒަރީރު ވިދާޅުވީ ޖެންޑާގެ ސަމާލުކަމަށް އެމީހާގެ މައްސަލަ އައުމާއެކު ދިޔައިރު އެމީހާ އެތާ ނެތް ކަމަށެވެ. އަދި އެކަން ބަލައި ދޭން ފުލުހުންނަށް ހުށަހަޅާފައި ވާ ކަމަށާއި އެކަން ރިޕީޓުވެ، ރިޕޯޓު ކޮށްފިނަމަ މިނިސްޓްރީން އެކަން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަންހެން މީހާ މިސްކިތުގެ ގަސްބުޑުގައި އިންނަ ފޮޓޯ އާންމު ކުރި މީހާ ބުނެފައިވަނީ، ރައްޔިތުން އިންތިހާބު ކުރި ސަރުކާރަކާއި 15 މަޖިލިސް މެމްބަރުންނާއި 17 ކައުންސިލަރުން އަދި މޭޔަރެއް މި މާލޭގައި ހުރެ، ޒިންމާ ނަގާނެ މީހަކު ނެތް ކަމަށެވެ. ފޮޓޯއިން ފެންނަނީ އަންހެން މީހާ ގަސްބުޑުގައި ނިދާފައި އިންނަ މަންޒަރެވެ. މީގެ ކުރިން ފުލުހުން ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން މިސްކިތްތައް ބަންދުކޮށްފައި ވަނިކޮށް މަސްތުވާތަކެތި ބޭނުން ކޮށް ނިދާ ހަދާ ބައެއްގެ މައްސަލަ ފެންމަތިވެ އެ މައްސަލަ ބަލާފައެވެ. އެ މައްސަލައާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ނިދާ، އެއްޗެހި ދޮވެ ހަދާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ. އެ ގޮތުން ފުލުހުން ކޮންމެ ރެއަކު މިސްކިތްތައް ބަލައި، މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުުންގެ ބެލުމުގެ ދަށަށް ވެސް ގެންދާ ކަމަށްވެސް ބުނެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!