އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން މީޑިއާނެޓްގެ ހިދުމަތް ދޭން އެއްބަސްވުމުގައި ސޮއި ކުރުމުގެ ރސްމިއްޔާޓުގެ ތެރެއިން / ފޮޓޯ: އެޗްޑީސީ

ފޭސް 2 އަށް މީޑިއާނެޓް ދޭން ތައްޔާރު ވެއްޖެ

އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން މީޑިއާނެޓްގެ ހިދުމަތް ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. އެޗްޑީސީން ބުނީ، މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަދި ހާއްސަކޮށް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މީޑިއާނެޓްގެ ހިދުމަތްތައް ފަސޭހަ އަދި އަވަސްކަމާއެކު ލިބޭނެ ކަމަށެވެ. އެޗްޑީސީގެ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރެއްގެ މައިގަނޑު ވިއުގައެއް ކަމަށާއި މި ނެޓްވޯކްގެ ޒަރީއާއިން އިންޓަނެޓާއި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެއް ވިއުގަ އަކުން ހިދުމަތް ދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން، ހިދުމަތް ދިނުމަށް ހޭދަވާ ހަރަދު ކުޑަވެ، ރައްޔިތުންނަށް ދޭ ހިދުމަތުގެ އަގު ކުޑަވުމުގެ މަގު ވެސް ފަހިވެގެން ދާނެ ކަމަށާއި ހިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އަވަސްކަމާއެކު ގިނަ ހިދުމަތްތަކެއް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ، ހިދުމަތް ހޯދާ ފަރާތްތަކަށްވެސް އެއްވެސް ދަތިކަމެއް ނެތި އަވަސްކަމާއެކު ގިނަ ހިދުމަތްތަކެއް ލިބިގެން ދާނެ ކަމަށާއި މިފަދަ ހިދުމަތްތައް ދޭ ފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގު ކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދުކުރެވިގެން ދާނެ ކަމަށެވެ. އެޗްޑީސީގެ މި ޒަމާނީ ފައިބާ ވިއުގައިގެ މައްޗަށް ބިނާކޮށްފައިވާ އިންފްރާސްޓްރަކްޗާގެ ސަބަބުން މުޖުތަމައު ބޭނުންވާ ފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުވުމުގެ މަގުފަހިވެގެން ދާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މީގެ ފައިދާތަކާއި، ތަފާތު ލުއިފަސޭހަތައް ހުޅުމާލޭގައި ދިރިއުޅޭ އާންމު ރަޔިތުންނަށާއި ވިޔަފާރިތަކަށާއި ޓީވީ، އިންޓާނެޓް، އަދިވެސް މުވާސަލާތީ ހިދުމަތްތައް ދޭ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ thepress.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!