އައްޑޫ ސިޓީ ކައުންސިލް އިދާރާ-- ސަން ފޮޓޯ

ބަޖެޓު 2022: ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާގެ ހިލޭ އެހީ

ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދިނުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފިއެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން، އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން ފަސް އިންސައްތަ އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ދޫކުރަން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭތީ ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. މިއީ މި ހިނގާ 2021 ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރާނެ ފައިސާއާ އަޅާބަލާއިރު 19.8 އިންސައްތަ އިތުރު އަދަދެކެވެ. ބްލޮކް ގްރާންޓު، ކައުންސިލްތަކަށް ބަހާ ނިސްބަތަކީ؛ ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޫކުރަން ފެށީ 2020 ވަނަ އަހަރުގައެވެ. މިނިސްޓަރު އަމީރު ވިދާޅުވީ މިއީ ކައުންސިލްތަކުގެ ފުދުންތެރިކަން އިތުރުކޮށްދިނުމަށް މަގުފަހިކޮށްދީ، މާލީ މިނިވަންކަން ކައުންސިލްތަކަށް ލިއްބައިދިން ތާރީހީ ބަދަލެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!