މޫދުގައި އޮތް ޕްލާސްޓިކް ކޮތަޅެއް---

ދައުލަތުގެ އާމްދަނީ އިތުރު ކުރަން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފަށަނީ

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޓަކައި ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނަގަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ. ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނަގަން ފަށަން ނިންމީ 2020 ވަނަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިނންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ ޕްލޭންގައި މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅު ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުން ޓެކުހެއް ނަގަން ވަނީ ރާވާފައެވެ. މި ޓެކްސް ނެގުމަށް އެ ޕްލޭންގައި ކަނޑައަޅާފައިވަނީ، ކޮންމެ ސައިޒެއްގެ ކޮތަޅަކަށް ވެސް ދެ ރުފިޔާއެވެ. މި ޓެކްސް ނަގަން ރާވާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ އައު ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. ބަޖެޓު ބަޔާން ހުށަހަޅުއްވަމުން ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިއަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެެވޭ ކަމަށެވެ. “މިއަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކަކީ ދައުލަތުގެ މައިގަނޑު ސިޔާސަތުތަކަށް ބާރުދޭ، ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ކަންކަން.” މިނިސްޓަރު އަމީރު ވިދާޅުވިއެވެ. ބަޖެޓުގައި ދައުލަތުގެ އާމްދަނީ އިތުރު ކުރަން ހުށަހަޅާފައިވާ އައު ކަންތައްތަކަކީ؛ އޭގެ ތެރެއިން ބިން ވިއްކުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމަށް ބިން ދޫކުރުމަކީ މިއަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ އެހެން ނަމަވެސް އެ ސިޔާސަތުތައް ތައާރަފު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ސަބަބުން އަންނަ އަހަރަށް ފަސްކޮށްފައިވާ ސިޔާސަތުތަކެވެ. މި ކަންކަމުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީ؛ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި، ސަރުކާރުން ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!