ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފްލެޓްތަކެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އަވަސްޕީއެސްއައިޕީއަށް ސަރުކާރުން ހަރަދުކުރުމަށް ހަމަޖެހިފައިވާ ގޮތް

ތަރައްގީގެ މަޝްރޫއުތަކަށް 6.2 ބިލިއަން ރުފިޔާ

އަންނަ އަހަރު ތަރައްގީގެ މަޝްރޫއުތަކަށް ނުވަތަ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް(ޕީއެސްއައިޕީ)ގެ ބަޖެޓުގެ ގޮތުގައި 6.2 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް ހިމަނާފައިވާ 6.2 ބިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވަނީ މައިގަނޑު 12 ދާއިރާއަކަށެވެ.

ޕީއެސްއައިޕީގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަން ރާވައިފައި އޮތީ ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމަށެވެ. އެގޮތުން އެކަމަށް 1.7 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެއެވެ. އެއަށް ފަހު ދެން އެންމެ ބޮޑު ހޭދައެއް ކުރާނީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށެވެ. އެއީ 954 މިލިއަން ރުފިޔާ އެވެ.

ޕީއެސްއައިޕީގެ ބެޖެޓުން ތިންވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަން ނިންމާފައި ވަނީ ތިމާވެށި ރައްކާތެރި ކުރުމަށެވެ. އެއީ 932 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ތެރޭގައި ދައުލަތުން ހިންގާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ހަލުވިވެ، ލޯނުން ހިންގާ މަޝްރޫއުތަކުގެ ޑިސްބާސްމަންޓް އިތުރުވެގެންދާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. މީގެ ތެރޭގައި އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާއި، އިންޑިއަން އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއު ހިމެނެ އެވެ. އަދި އަންނަ އަހަރު ލޯނުން ހިންގާ މަޝްރޫއުތަކަށް 2.9 ބިލިއަން ރުފިޔާ ބެހިގެންދާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!