އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، އދ ގެ މައި މަރުކަޒުގައި ގަހެއް އިންދެވުމަށް ފަހު --

ކޮޕް ސަމިޓަށް ވަޑައިގަތުމުގެ ކުރީން ޝާހިދު ގަހެއް އިންދަވައިފި

ކޮޕް ސަމިޓަށް އިނގިރޭސިވިލާތުގެ ގްލާސްގޯއަށް ފުރާވަޑައިގަތުމުގެ ކުރިން އދ ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އދ ގެ މައި މަރުކަޒުގައި ގަހެއް އިންދަވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫއެން ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި އދގެ މައި މަރުކަޒު ހުންނަ ނިއުޔޯކްގެ ކަނިންހަމް ޕާކްގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމްގައިވެސް މިނިސްޓަރު ޝާހިދު ގަހެއް އިންދަވާފައިވާ ކަމަށެވެ.

އާންމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވާ ކުރެއްވި ކެންޕެއިންގައި މޫސުމީ ބަދަލުތަކާ ގުޅޭ މަޝްވަރާތަކަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް މިނިސްޓަރު ޝާހިދު ވަނީ ވައުދުވެވަޑައިގެންފައެވެ.

ގަސް އިންދެވުމަށް ފަހު ޝާހިދު ވިދާޅުވީ ސްވިޓްޒަލެންޑްގެ އީޓީއެޗް ޒިއުރިކް ޔުނިވަރސިޓީއިން ހެދި ދިރާސާއެއްގައި ދައްކާ ގޮތުން ބައި ޓްރިލިއަން ގަސް އިންދައިގެން 205 ގިގަޓަނުގެ ކާބަން ކެޕްޗާ ކުރެވޭނެކަން ހޯދިފައިވާ ކަމަށެވެ. މިއީ 1960 ވަނަ އަހަރުން ފެށިގެން އިންސާނުންގެ ސަބަބުން ޖައްވަށް ދޫވި ކާބަންގެ ދެބައިކުޅަ އެއްބައި އަދަދެކެވެ.

ނިމިދިޔަ ހަފްތާގައި މިނިސްޓަރު ޝާހިދު ވަނީ އެމަނިކުފާނު ފުރަތަމަ މޫސުމީ ބަދަލުތަކާ ބެހޭ ބަހުސް އދ ގެ އާއްމު މަޖިލީހުގައި ބާއްވަވާފައެވެ. ޝާހިދުގެ އިސްނެންގެވުމަކަށް ބޭއްވި މި ބަހުސްގައި 17 ގައުމެއްގެ ވެރިން (ރައީސް/ބޮޑުވަޒީރު)ނާއި ދެ ގައުމެއްގެ ނައިބު ރައީސުން އަދި 27 ގައުމެއްގެ ހާރިޖީ ވަޒީރުންގެ އިތުރުން 14 ގައުމެއްގެ ސަފީރުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ހަމައެއާއެކު ހަ ގައުމަކުން ވަނީ ސަރަހައްދީ ގައުމުތަކުގެ ފަރާތުންވެސް ވާހަކަ ދައްކާފައެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!