މިއަދު ބޭއްވި އަންހެނުންގެ ކޮމެޓީގެ އިންތިހާބް ކާމިޔާވް ކުރެއްވި ޝަހުމާއާއި ނިޒާމާ ----

އަންހެނުން ކޮމެޓީ ބައި އިލެކްޟަން: ކުރެންދޫގެ ގޮނޑި އެމްޑީޕީއަށް، ވިލިގިނލި ގޮނޑި ޕީޕީއެމަށް

ދެ ރަށެއްގައި މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް އަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަން އިންތިހާބު ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީންއާއި އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ. މިއަދު އިންތިހާބް ބާއްވާފައިވަނީ ގއ. ވިލިނގިއްޔާއި ޅ. ކުރެންދޫއެވެ. އެގޮތުން, ކުރެންދޫގެ ގޮނޑި ކާމިޔާބް ކުރި އެމްޑީޕީގެ ކެނޑިޑޭޓް އައިމިނަތު ނިޒާމާއަށް ލިބުނީ 437 ވޯޓެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް އަޒީޒާ އަބްދުالله އަށް ލިބުނީ 245 ވޯޓެވެ. ވިލިނގިލީގެ ގޮނޑި ޕީޕީއެމްގެ ކެނޑިޑޭޓް ޝަހުމާ މުހިސިން ކާމިޔާބްކޮށްފައިވަނީ 67 ވޯޓުގެ ތަފާތުންނެވެ. އޭނާއާ ވާދަކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓް މަރްޔަމް ރަޝީދާއަށް ލިބުނީ, 333 ވޯޓެވެ. ކުރެންދޫގެ އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަން ބާއްވާފައި ވަނީ އެ ކޮމެޓީގެ މެންބަރަކަށް ހުންނެވި މުއީނާ އަބްދުއްރަހްމާން އިސްތިއުފާ ދެއްވުމުންނެވެ. އެމްޑީޕީއަށް ނިސްބަތްވާ މުއީނާ އިސްތިއުފާ ދެއްވާފައިވަނީ އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރުމާ ގުޅިގެންނެވެ. ވިލިނގިލީގައި ބައި އިލެކްޝަން ބާއްވާފައި ވަނީ އަންހެނުން ކޮމެޓީގައި ހިމެނޭ ޕީޕީއެމްގެ މެންބަރު އައިޝަތު ޖުމާނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިއަދުގެ އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފޫގު “ސަން”އަށް ވިދާޅުވީ, އިންތިހާބް ދިޔައީ ވަރަށް އަމާން އޮމާންކޮށް ކަމަށާއި ނަތީޖާއަށް އަސަރުކުރާނެ ފަދަ އެއްވެސް ޝަކުވާއެއް މިހާތަނަށް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އަދިވެސް ކޮމްޕްލައިންސް ބިއުރޯއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަން ފުއާދު ފާހަގަކުރެއްވިއެވެ.

ޚަބަރު ނަގާފައިވަނީ sun.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!