އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު ފައިނުގެ ފެނާ ނަރުދަމާގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑަބްލިއުއެސްސީގެ

ފައިނުގެ ފެނާ ނަރުދަމާގެ މަސައްކަތް އިފްތިތާހުކޮށްފި

ރ. ފައިނުގައި ފެނާ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ފައިނުގައި މި މަޝްރޫއު އިއްޔެ އިފްތިތާހުކޮށްދީފައި ވަނީ ފެންކުންފުނި، އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމް އަދި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުގެ އިތުރުން އިނގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު އެވެ.

އެމްޑަބްލިއުއެސްސީން ބުނެފައި ވަނީ މި މަޝްރޫއުގައި ހިމެނޭ ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މިހާރު ފައިނަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ 60 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

ޕްލޭނިން މިނިސްޓްރީއިން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރާ މި މަސައްކަތުގެ އަގަކީ 63.3 މިލިއަން ރުފިޔާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!