ވިލިމާލެ. ވިލިމާލެ ފަޅުތެރެއަށް ގެނބުނު ޑޮކްޓަރަކު ވަނީ ސަލާމަތްކޮށްފައި -- ފޮޓޯ: އަަވަސް އާކައިވް

ގެނބުނު ޑޮކްޓަރަކު ސަލާމަތްކުރީ ފުލުހެއް

ވިލިމާލޭގެ ފަޅުތެރެއަށް ގެނބެނު ޑޮކްޓަރަކު ސަލާމަތްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ނޭޕާލުގެ 39 އަހަރުގެ ފިރިހެނެއް ގެނބުނުކަމުގެ މައުލޫމާތު މިއަދު ހަވީރު 05:41 ހާއިރު ރިޕޯޓްކޮށްފައިވާ ކަަމަށެވެ.

ގެނބުނު މީހާ ސަލާމަތްކުރީ އޭނާ މޫދަށް އެރުނު ދިމާލުގައި ހުރި ފުލުހެކެވެ.

ގެނބުނު މީހާ ވަނީ ވިލިމާލެ ބޯޓުޔާޑާ ދިމާ ފަޅުތެރެއިން އައި ލޯންޗަކަށް އަރުވައި ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!