ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވި މިސްކިތް: މިއީ އެ ފިޔަވަހީގެ ފުރަތަމަ މިސްކިތް --ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވި މިސްކިތް: މިއީ އެ ފިޔަވަހީގެ ފުރަތަމަ މިސްކިތް --

ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި

ކުރީ ސަރުކާރުން ތަރައްގީ ކުރަން ފެށި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ހުޅުވައިފި އެވެ.

ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް މިއަދު ހުޅުވީ ހުކުރު ނަމާދާ ދިމާކޮށެވެ. މި މިސްކިތް ހުޅުވާފައި މިވަނީ ދެވަނަ ފިޔަވަހީގައި ހިންގުނު އަދި މިހާތަނަށް ރާއްޖޭގައިވެސް ހިންގުނު ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ހިޔާގެ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިތާ ދުވަސްތަކެއް ފަހުންނެވެ.

“މަސްޖިދު އަމީލް ޖަލީލް” ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ 480 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އަދި މިސްކިތު ގޯތި ތެރެއާއި އެކު 700 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭނެ ކަމަށެވެ.

މިއީ އަމިއްލަ ފަރާތަކުން އިމާރާތްކޮށްދިން މިސްކިތެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ތަަރައްގީ ކުރުން މިދިޔަ ދެ ތިން އަހަރު އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. އެ ފިޔަވަހީގެ ބައެއް މަގުތައް ހެދުން ފިޔަވައި އިތުރު ކަންތައްތަކެއް ކުރެވިފައިނުވާތީ އެ ސަރަހައްދުގައި ދިރިއުޅެން ފެށި އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. އެ ފާޑުކިޔުންތަކާއި ގުޅިގެން ދެވަނަ ފިޔަވަހީގައި ކުރަން ޖެހޭ މަސައްކަތްތަކުގެ ސްޕީޑް ވަނީ އަވަސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!