ނޮއެލީން (ކ) އަދި އދ. ކުރީގެ ސެކްރެޓްރީ ޖެނެރައްލ ބާންކީ ބޫން

އދ. އިން މިއަންމާއަށް އާ މަންދޫބެއް

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މިއަންމާއަށް އާ މަންދުބަކު އިޚްތިޔާރު ކުރައްވައިފި އެވެ. މިއަންމާ މަންދޫބަކަށް އައްޔަން ކުރެއްވީ އދ. ގައި އަންޑާ ސެކްރެޓަރީ ޖެނެރަލް މަގާމުގައި ކުރިން މަސައްކަ ތްކުރެއްވި ސިންގަޕޫރުގެ ނޮއެލީން ހައިޒާ އެވެ.

އަސްކަރިއްޔާއިން މަދަނީ ސަރުކާރު ވައްޓާލުމާ ގުޅިން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައި އޮތް މިޔަންމާއަށް އދ. އިން މަންދޫބަކު ކަނޑައެޅުމުގެ ބޭނުމަކީ އދ. ގެ ގުނަވަންތަކުން އެގައުމުގައި ހިންގަން ޖެހޭ ޕްރޮގްރާމްތައް ފަސޭހަކުރުމަށެވެ.

މިއަންމާ މަންދޫބަކަށް ކުރިން ހުންނެވީ ސްވިޓްޒާލޭންޑްގެ ކްރިސްޓީން ޝްރާނާ އެވެ. އެކަމަނާގެ ދައުރު ހަމަވާނީ އަންނަ އާދީއްތަ ދުވަހު އެވެ. މަގާމުގައި ތިނެއް ބައި އަހަރު ހޭދަކުރެއްވި އެވެ.

ހައިޒާ އދ. ގައި ކުރިން މަސައްކަތް ކުރެއްވީ 1994-2007 އަށެވެ. މަސައްކަތްކުރެއްވީ އދ. ގެ އަންހުންގެ ފަންޑު – ޔުނިއިޓެޑް ނޭޝަންސް ޑިވެލޮޕަންޓް ފަންޑް ފޮ ވިމެން ގައެވެ. މީގެ އިތުރުން އޭނާ ވަނީ 2007-2014 އަށް އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކްގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފަ އެވެ. އޭނާ އަކީ މިމަގާމު ފުރުއްވި ފުރަތަމަ ކަނބަލެވެ.

ކްރިސްޓީން ޝްރާނާ މަގާމުން ވަކިވެ ވަޑައިގަންނަވަމުން ވިދާޅުވި ގޮތުން މަގާމާ އަލަށް ހަވާލުވެ ވަޑައިގަންނަ ވަނީ ފުންނާބު އުސް ކަނބަލެއް ކަމަށާއި އެކަމަނާއަށް ލަފާއެރުވޭ ފެންވަރު ނެތް ކަމަށެވެ. އެހެން ނަމަވެސް އާންމުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!