އޫރިދޫ ވާރކް ގްރޫޕް ޕެކޭޖްގެ ޚިދުމަތް އެމް.ޔޫ.އެމް އަށް ދިނުމުގެ އެއްބަސްވެއްޖެ

މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެން.ޔޫ.އެމް) އާއި “އޫރިދޫ” ދެމެދު، އެ ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ފަސޭހަ ކަމާއިއެކު މުޢާމަލާތު ކުރެވޭނޭ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން “އޫރިދޫ” އިން ޖަމިއްޔާގެ މެންބަރުންނަށް “އޫރިދޫ ވާރކް ގްރޫޕް” ގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. އެއީ ހުރިހާ މެމްބަރުން މެދުގައި މުޢާމަލާތް ކުރުމަށް ފަސޭހަވެގެންދާނެ އިންތިޒާމެކެވެ. މި އެއްބަސްވުމުގެ ދަށުން މެންބަރުންގެ މެދުގައި ވަކި ލިމިޓެއްނެތި ހިލޭ ގުޅާލުމާއި އެސްއެމްއެސް ގެ ޚިދުމަތާއި ހަތަރު ޑިޖިޓްގެ ގުޅަން ބޭނުންކުރާ “ޝޯޓްކޯޑް” ގެ ޚިދުމަތް ލިބޭނެ އެވެ. އަދި “ވާރކް ގްރޫޕް” ގެ ބޭރުން ވެސް ހިލޭ ގުޅޭ ނަންބަރުތަކެއް ހިމެނޭ އިރު، “ވާރްކްގްރޫޕް” ޕޯރޓަލްގެ ޚިދުމަތް ވެސް ލިބޭނެ އެވެ. މީގެ އިތުރުން މެންބަރުންނަށް ހިލޭ ‘ބަލްކް އެސްއެމްއެސް” ފޮނުވުމުގެ ޚިދުމަތާއި “އޫރިދޫ ކްލަބް ޕްރިމިއަރ” ގެ ފައިދާތައް ވެސް މި އެއްބަސްވުމުގެ ދަށުން އެމްޔޫއެމް އަށް ލިބޭނެ އެވެ. މި ޚިދުމަތްތައް ޔޫނިއަންގެ މެންބަރުންނަށް މިއަދުން ފެށިގެން ލިބެމުންދާ އިރު، ޚިދުމަތާއިގުޅޭ އިތުރު މަޢުލޫމާތުގެ ޕްރެސެންޓޭޝަނެއް “ޒޫމް” މެދުވެރިކޮށް ވަނީ ގެންގޮސްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!