ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ ޓަވަރުތަކުގެ ތެރެއިން މީހުން އުޅޭ ޔުނިޓުރައް ރޭގަނޑު ދިއްލާފައި --- ފޮޓޯ: އަލީ ޝަމްއާން / ދަ ޕްރެސް

މިހާތަނަށް 650 އާއިލާއެއް ހިޔާ ފްލެޓަށް ބަދަލުވެއްޖެ

މިހާތަނަށް 650 އާއިލާއަކުން ހިޔާ ފްލެޓަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށް، އެޗްޑީސީން ބުނެފިއެވެ. އެ ކޯޕަރޭޝަނުން ހިޔާ ފްލެޓްތައް ލިބުނު މީހުންނާއެކު ސޮއިކުރަން ފަށާފައިވަނީ ޖުލައި މަހުގެ ފަހު ހަފްތާގައި ކަމަށްވާއިރު، އޮގަސްޓު މަހުގެ ތެރޭ އާއިލާތަކުން ވަނީ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރަން ފަށާފައެވެ. ހިޔާ ފްލެޓްތަކުގެ ހިމެނޭ 6،720 ހައުސިން ޔުނިޓް ހިމެނޭއިރު، މިހާތަނަށް 650 އާއިލާއަކުން ވަނީ ހިޔާ ފްލެޓަށް އެއްކޮށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެހެންކަމުން 3،000 އަށް ވުރެ ގިނަ މީހުން މިހާރު ފްލެޓްތަކުގައި ދިރިއުޅެމުން އެބަ ދެއެވެ. ފްލެޓްތަކުން ފީ ނަގަން ފެށުމުގެ ކުރިން، އާންމު ހިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައެވެ. އެގޮތުން ފިހާރައާއި ކެފޭ ރެސްޓޯރަންޓު ފަދަ ތަންތަން ހެދުމަށް ބީލަމަށް ހުޅުވާލާފައިވާއިރު، މިމަހު ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ފިހާރައެއްވެސް ވަނީ ހުޅުވާފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ކްލިނިކެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ސަރަހައްދުގައި ވަގުތީ މިސްކިތެއް ހެދުމުގެ މަސައްކަތްކުރާނެ ބަޔަކުވެސް ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!