އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްތަރު، ޑރ. އަހްމަދު ފައިސަލް

ކުޑަކުދިންނަށް ރޯގާ ޖެހޭ މިންވަރު އިތުރު، މިހާރުވެސް 6 ކުދިން އައިސީއޫގައި!

ކުޑަކުދިންނަށް ރޯގާ ޖެހޭވަރު މިންވަރު އިތުރު ކަމަށާއި މިހާރުވެސް 6 ކުދިންނަށް އައިސީއޫގައި އަންނަނީ ފަރުވާދެމުން ކަމަށް އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. ފައިސަލް ވިދާޅުވީ ރޯގާ ޖެހޭ މިންވަރު މަދުނުވާ ކަމަށާއި އެހެނިހެން ބަލިތައް ހުންނަނަމަ ބޮޑުވަރުވާ ކަމަށެވެ. އަދި ރައްކާތެރިކަމަށް ސަމާލުވުމަށް ފައިސަލް ވަނީ އިލްތިމާސްކޮށްފައެވެ. ފައިސަލް ވަނީ ރައްކާތެރިކަމުގެ ގޮތުން އަތްދޮވެ، މާސްކު އަޅާއި ކުޑަކުދިން “އުރާލަން” ބައިހަދާގެން ނުދިއުމުގެ އިތުރުން މީހުން އެއްވާތަންތަނަށް ނުދިއުމަށް އެދިފައެވެ. މި ދުވަސްވަރު މާލެ ސަރަހައްދުން އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ޖެހޭ މިންވަރު އިތުރުވަމުން ދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، މި މަހުގެ 19 ވަނަ ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި ވާހަކަ ދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މުޅި ރާއްޖެއިން މިހާތަނަށް 1571 މީހަކު އިންފްލުއެންޒާއަށް ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެތެރެއިން 506 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޑރ. އަފްޒަލް އިތުރަށް ވަނީ މިދުވަސްކޮޅު އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ފްލޫ ކްލިނިކަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!