މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާ ދުވަސްވަރު: ގޭގޭގެ ބެލްކަނިތަކަށް މީހުން ނިކުމެފައި ތިބި މަންޒަރު

ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލު ފާސްކޮށްފި

ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫކުރާ ގޯތިގެދޮރު ފަދަ ތަންތަން ރަޖިސްޓްރީ ކުރަން ލާޒިމުވާ ގޮތަށް ހުށަހެޅި, ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އެ ބިލު ފާސްކޮށްފައި ވަނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ބިލު ދިރާސާކުރުމަށް ފަހު އެކުލަވައިލި ކޮމިޓީ ރިޕޯޓަށް ނެގި ވޯޓުގައި 48 މެންބަރުން ވޯޓު ދެއްވީ ފާސްކުރުމަށެވެ. ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރެވެ. މި ބިލުގައި ގޯތިގެދޮރު ކުއްޔަށް ދިނުމާއި ކުއްޔަށް ހިފުމާ ގުޅިގެން ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތަށް ލިބިދެވޭ ހައްގުތައް ބަޔާންކޮށްފައި ވެއެވެ. އޭގެއިތުރުން ދިރިއުޅުމަށް ޓަކައި ކުއްޔަށް ދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތަކާއި ކުއްޔާ ގުޅިގެން އަންނަ ދެބަސްވުންތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ވެސް ބަޔާންކޮށްފައި ވެއެވެ. އެ ބިލުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ތަނެއް ދިރިއުޅުމަށްޓަކައި ހަ މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދޭން ވާނީ، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ދެ ފަރާތުގެ ދެމެދުގައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓްރީ ކުރުމަށް ފަހުގައެވެ. އަދި ދިރިއުޅުމަށްޓަކައި އެއްވެސް ތަނެއް ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި އެ ތަނެއް ހުންނަ ސިޓީއެއް ނުވަތަ ރަށެއްގެ ކައުންސިލަށް ހުށަހަޅައި އޭގެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ ނުލިބި ކުއްޔަށް ދޫކުރުމަކީ މަނާ ކަމެއް ކަމަށް ބިލުގައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!