މާލެ މަގުމަތިގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ޕޮލިސް

ހަތަރު އަހަރުގެ ކުއްޖާގެ ތަހުގީގުގެ މައުލޫމާތު ހާމަކުރުމަށް ބެލެނިވެރިން އެދިއްޖެ

ގަލޮޅު މަދަރުސާގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ހަތަރު އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގެ ތަހުގީގު ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، އެ ތަހުގީގު ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯދުމަށް، ބެލެނިވެރިން ގޮވާލައިފިއެވެ. ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލާ ހަރަކަތަކާއި ބެލެނިވެރިން ގުޅިގެން ނެރުނު ބަޔާނުގައި، ބެލެނިވެރިން ބުނީ، މި މައްސަލައިގެ ތަހުގީގު މަރުހަލާ ލަސްވެ، ފިޔަވަޅު އެޅުން ލަސްވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެއްވެސް އިދާރާއަކުން މި މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާ ނުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ހަމަ އެއާއެކު، ޖިންސީ ގޯނާގެ އަމަލުތަކަކީ ސްކޫލް މާހައުލުގައި ހިނގަން ވާނެ ކަންތައްތަކެއް ނޫން ކަމަށާއި، މުދައްރިސުންނާއި ސްކޫލްތަކުގެ އެހެނިހެން މުވައްޒަފުންގެ ފަރާތުން ދަރިވަރުންނަށް ޖިންސީ އަނިޔާ އަށް ކުރިމަތިލާން ޖެހުން ބަލައި ނުގަނެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ދަރިން ސްކޫލްތަކަށް ފޮނުވަން މައިންބަފައިންގެ މެދުގައި ނުތަނަވަސްކަން އުފެދި، ކުދިންގެ ތައުލީމަށް ބުރޫ އެރުން އެކަށީގެންވާ ކަމަށް، ބެލެނިވެރިން ބުންޏެވެ. މިގޮތުން ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީގެ ކިބައިން އަށް ކަމަކަށް އެދިފައެވެ. އެ ކަންތައްތަކަކީ: މީގެ އިތުރުން މި މައްސަލާގައި ބެލެނިވެރިން ވަނީ މި އެދުނު ކަންތައްތަކަށް ކަމާބެހޭ ފަރާތްތަކުން އިޖާބަ ދިނުމަށާއި، މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާއާއި އޭނާއަށް އެހީތެރިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައެވެ. އަދި ސްކޫލްތަކަކީ ހުރިހާ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!