ސޫދާންއަށް ގެނައި އަސްކަރީ ބަޣާވާތާ ގުޅިގެން ތުރުކީ އެއާލައިނުން ދަތުރުތައް މެދުކަނޑާލާފައި

ޓާކިޝް އެއާލައިނުން ސޫދާނާ ތުރުކީއާ ދެމެދު ދަތުރުތައް ހުއްޓަލަނީ

ތުރުކީ އާއި ސޫދާނާ ދެމެދު ކުރާ ދަތުރުތައް ތުރުކީގެ ގައުމީ އެއާލައިން ޓާކިޝް އެއާލައިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ. އެއީ ސޫދާންގެ އަސްކަރީ ވެރިން ބޮޑުވަޒީރު އަބުދުﷲ ހަމްދޫކް ހައްޔަރުކޮށް ސަރުކާރު އުވާލައި އަދި މުޅި ގައުމުގައި ކުއްލި ނުރައްކާ އިއުލާނު ކުރުމާ ގުޅިގެންނެވެ.

އެއާލައިނުން ނޫސްތަކަށް ބުނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު އިސްތަމްބޫލްއާ ހަރުތޫމްއާ ދެމެދު ކުރަން ތާވަލް ކޮށްފައި ހުރި ދަތުރުތައް ވެސް ކެންސަލްކޮށްފައިވާ ކަމަށެވެ.

ސޫދާނުގައި ވެރިކަންކުރާ އަސްކަރީ ކައުންސިލްގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްހާން ހޯމަ ދުވަހު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރައްވާފަ އެވެ. އަދި އިންތިގާލީ ކައުންސިލާއި ސަރުކާރު ވެސް އުވާލައްވާފަ އެވެ.

ސޫދާނުގައި ސިޔާސީ މަޝްރަހު ބަދަލުވާ ގޮތް ތާފްސީލުކުރާ ދުސްތޫރީ ލިއެކިއުންތަކުގެ ބައެއް މާއްދާތަކަށް އަމަލުކުުރުން ވަގުތީ ގޮތުން ހުއްޓާލާފައި އޮތް ކަން ބުރުހާން އިއުލާން ކުރެއްވި އެވެ.

ސޫދާންގެ އިންފޮމޭޝަން މިނިސްޓްރީން ބުނީ އަސްކަރިއްޔާއިން ބޮޑުވަޒީރު ހައްޔަރުކުރީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި އަސްކަރިއްޔާއިން ބޮޑުވަޒީރު ހައްޔަރުކުރީ އަސްކަރީ ބަޣާވާތަށް އެއްބާރުލުން ނުދެއްވުމުން ކަމަށެވެ.

އަސްކަރިއްޔާއިން ވެރިކަން ވައްޓާލުމާ ހަމައަށް ސޫދާނުގައި ވެރިކަން ކުރަމުން ދިޔައީ އަސްކަރިއްޔާ އާއި މަދަނީ އޮފިޝަލުންގެ މެދުގައި އުފައްދާފައި އޮތް އިންތިގާލީ ކައުންސިލަކުންނެވެ. އާންމު އިންތިހާބު ބާއްވަން މަޝްވަރާކުރެވި ހަމަޖައްސާފައި އޮތީ 2023 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!