ރައީސް މުހައްމަދު ނަޝީދާއި ޗައިނާ ސަފީރު ވަން ލިޒިން

ޗައިނާއިން ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމުގެ އުންމީދުގައި!

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެން ލިޒިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތަށް ފަހު ވެން ލިޒިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދާ ބައްދަލު ކުރެއްވުނީތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި ރައްޖެއާއި ޗައިނާއާ ދެމެދުގައި ވާ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށް ވެން ލިޒިން ވިދާޅުވިއެވެ. ވެން ލިޒިންގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. ސަފީރު ކަމަށް، ވެން ލިޖިން ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި ޖަންގް ލިޖޮންގެ ދައުރު ހަމަވުމުންނެވެ. ސަފީރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަން ލިޒިން ވަނީ ރައީސް ނަޝީދާ ވާޗުއަލްކޮށް މިދިޔަ ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހުވެސް ބައްދަލު ކުރައްވާފައެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރަށް 50 އަހަރު ފުރޭ އިރު ކުރިއެކޭ އެއްފަދައިން ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. މިހާރުވެސް ރާއްޖެއަށް ޗައިނާއިން ވަނީ އެހީގެ ގޮތުގައި ގިނަ ކަންކަން ކޮށް ދީފައެވެ. އެ ގޮތުން ކޮވިޑްގެ މި ހާލަތުގައި ރާއްޖެއަށް ސިނޯފާމްގެ 700،000 ޑޯޒް ވެކްސިން ވެސް އެ ގައުމުން ވަނީ ހަދިޔާ ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!