ހުޅުމީދޫ ބަހާއުއްދީން މަގުހެދުމުގެ މަޝްރޫއު ނިމިއްޖެ

ސ. ހުޅުމީދޫ ބަހާއުއްދީން މަގުހެދުމުގެ މަޝްރޫއު 15 އޮކްޓޯބަރު 2021 ވީ ދުވަހު ނިމިއްޖެކަމަށް އެމަސައްކަތް ކުރާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމާތު ދެއްވައިފިއެވެ. ޕްލޭނިންގް މިނިސްޓްރީއިން އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 1 އޭޕްރީލް 2019 ގައެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާގޮތުގައި މި މަޝްރޫޢުގެ ދަށުން 2.2 ކިލޯ މީޓަރު ދިގު 8.8 މީޓަރު ފުޅާ މި މަގުގައި ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވެއެވެ. މީގެ އިތުރުން 6060 އަކަމީޓަރުގެ ހިނގާ ސަރަހައްދެއް ޤާއިމު ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމު ކުރުމާއި، ކޭބަލް ޖަންކްޝަން ވަޅުލުމާއި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ކަފިހި ހުރަސް ފާހަގަ ކުރުމުގެ މަސައްކަތް ހިމެނެއެވެ. މި އަހަރުގެ މިހާތަނަށް އެމްޓީސީސީން ވަނީ 17 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖްތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މި މަޝްރޫޢަކީ ޕްލޭނިންގް މިނިސްޓްރީއިން އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ 41.8 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!