މާލޭގެ ސްކޫލެއްގައި ދަރިވަރުންތަކެއް ހަރަކާތެއްގައި ބައިވެރިވަނީ

މާލޭ ސްކޫލެއްގައި ޓީޗަރަކު ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

މާލޭގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނީ މާލޭގެ ސްކޫލެއްގެ ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުން ތަކަަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިމަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލަ ކުރިމަތިވި ސްކޫލުގެ ނަމެއް އަދި ތުހުމަތުކުރެވޭ ޓީޗަރުގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކުދިންގެ އަދަދެއް ވެސް ފުލުހުން ބުނެފައެއް ނުވެ އެވެ.

މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކުރި ކަމަކަށް ބުނެފައެއް ނުވެ އެވެ.

މާލޭގެ ޕްރީ ސްކޫލެއްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކު އެ ސްކޫލުގައި ކިޔަވަމުންދާ ހަތަރު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!