އިންޓާކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓު / ފޮޓޯ: ސޯޝަލް މީޑިއާ

18 ރިސޯޓެއް ތަރައްގީކޮށް ހިންގަން ބީލަމުގެ އުސޫލުން ހުޅުވާލައިފި

ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން 18 ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ. ޓޫރިޒަމް މިނިސްޓްރީއިން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެންބަރު 4 ވަނަ ދުވަހުގެ 10:00 ގައި އަދި ޖެނުއަރީ 20 ވަނަ ދުވަހު 10:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދިފައެވެ. ބީލަމުގެ އުސޫލުމް ތަރައްގީކޮށް ހިންގަން ހުޅުވާލި ރަށްތައް: މި ރަށްތަކަށް ބީލަން ހުށަހަޅަނީ ހަތަރު މަސް ދުވަސް ދޭން މިނިސްޓްރީން ވަނީ ނިންމައިފައެވެ. ބީލަން ހުށަހަޅަން ދީފައިވާ ސުންގަނޑިއަކީ: މިނިސްޓްރީއިން އިތުރަށް ބުނީ، ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!