ޝާފް އޭސީ

ހަކަތަ ހޭދަކުރާ މިންވަރު ކުޑަކޮށްދޭ ޝާޕް އޭސީ ގެނެސްފި

ހަކަތަ ހޭދަކުރާ މިންވަރު ނުވަތަ އެނާޖީ ކޮންސަންޕްޝަން ކަނޑައަޅައިދޭން މެލޭޝިއާގެ ސަރުކާރުން އެކުލަވާލާފައިވާ ރޭޓިންއިން ފަސް ތަރި ލިބިފައިވާ އަދި ކަރަންޓު ހަރަދު ކުޑަކޮށްދޭ ޝާޕް އޭސީ، ރެޑްވޭވުން ގެނެސްފި އެވެ.

ރޭޑްވޭވުން ބުނީ ޖަޕާނުގެ މޮޅު ޖޭޓެކް އިންވާޓަރުގެ އެހީގައި ޝާޕްއަކީ ކަރަންޓު ހަރަދު އެންމެ ކުޑަ އެއް އޭސީ ކަމަށެވެ.

ޝާޕް ބްރޭންޑްގެ އޭސީއަކީ އޭގައި ބޭނުންކޮށްފައިވާ ޕްލަޒްމާކްލަސްޓާ ޓެކްނޮލޮޖީގެ ސަބަބުން މާހައުލުގެ ވައި ވަރަށް އަވަހަށް ތާޒާކޮށްދޭ އޭސީ އެކެވެ.

ޕްލަޒްމާކްލަސްޓާ އަޔަން ޓެކްނޮލޮޖީއަކީ ޝާޕް އިލެކްޓްރޯނިކްސް ކޯޕަރޭޝަނުން 2000 ވަނަ އަހަރު އުފައްދާފައިވާ ވައި ސާފުކޮށްދޭ ނިޒާމެކެވެ. އެގޮތުން މި ނިޒާމުގައި ޕޮޒިޓިވް އަދި ނެގެޓިވް އަޔަންސް ވައިގެ ތެރެއަށް ފޮނުވާލާ، ވައިގެ ތެރޭގައި ހުންނަ ބެކްޓީރިއާ އަދި ވައިރަސްތައް ނެތިކޮށްލަ އެވެ.

މީގެއިތުރުން ޝާޕް އޭސީން “ޖެޓް އެއާ ކޫލިން”ގެ އެހީގައި ހަލުވިކަމާއެކު ތާޒާ ވައި ކޮޓަރި ތެރެއަށް ފޮނުވާލާ އަވަހަށް ފިނިކޮށްދެ އެވެ.

މި އޭސީ ތައްޔާރުކޮށްފައި ވަނީ އޭގެ ފިލްޓާ ފަސޭހަކަމާއެކު ނައްޓާލައި ސާފުކޮށްލެވޭނެ ފަދަ ގޮތަކަށެވެ. އޭސީގެ ހަތަރު ސައިޒެއް، އެއް އަހަރު ދުވަހުގެ ވޮރަންޓީއާއި އެކު މިވަގުތު ރެޑްވޭވުން ލިބެން ހުރި ކަމަށް އެކުންފުނިން ބުންޏެވެ.

ޝާޕް ބްރޭންޑަކީ ދިވެހިންގެ ފުރިހަމަ އިތުބާރު ހޯދާފައިވާ ވަރަށް ކޮލިޓީ ރަނގަޅު ބްރޭންޑެއް ކަމަށް ވެސް ރެޑްވޭވުން ބުނެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!