އައްޑޫ ސިޓީ ހިތަދޫ: ކޮވިޑް ފެށިގެން އައްޑޫ މޮނިޓަރިންގައި އޮންނަތާ ދެމަސް ވެއްޖެ---

އެޗްޕީއޭގެ މޮނިޓަރިންގައި 18 ރަށެއް

ކޮވިޑް ބަލި ފެތުރެމުންދާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 18 އަށް އަރައިފި އެވެ.

އާ ލިސްޓް ބުނާ ގޮތުން އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށުގެ ގޮތުގައި މިހާރު އޮތީ އޮގަސްޓު މަހު 28 ވަނަ ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން މިދިޔަ މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ ދޭކަށް ދަށްވެފަ އެވެ. މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އާއި ފ. ނިލަންދޫ އެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ މިހާތަނަށް 12 ރަށެއް މޮނިޓަރިންގެ ލިސްޓަށް ވަނީ އިތުރުކޮށްފަ އެވެ. އެއީ ލ. ފޮނަދޫ، ލ. ގަން، ނ. ޅޮހި، ށ. ފީވަށް، ބ. ތުޅާދޫ އާއި އެ އަތޮޅުގެ ކުޑަރިކުލާއި ގޮއިދޫ، ނ. ހޮޅުދޫ، މ. މުލައް، ނ. ކެދިކުޅުދޫ، ކ. ގުރައިދޫ އަދި ށ. ފުނަދޫ އެވެ.

ރާއްޖެއިން އިއްޔެ 149 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 85 އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!