ހިޔާ ފްލެޓުގައި ސޮއިކުރުން ކުރިއަށް ދަނީ / ފޮޓޯ: ދަ ޕްރެސް

ހިޔާ: ގުރުއަތުން ފްލެޓް ލިބުނު މީހުން މާދަމާ ސޮއިކުރަން ފަށަނީ

ހިޔާ މަޝްރޫޢުގެ ދަށުން ގުރުއަތުން ފުލެޓު ލިބުނު މީހުން މާދަމާ ސޮއިކުރަން ފަށާނެ ކަމަށް އެޗްޑީސީއިން ބުނެފިއެވެ. އެޗްޑީސީއިން ވަނީ ހިޔާ މަޝްރޫއު އިން ފްލެޓަށް ހޮވިފައިވާ ފަރާތްތަކައް މި މަހުގެ 14 ވަނަ ދުވަހު ގުރުއަތުން ނަގާފައެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލް ކުރެވިފައިވަނީ އެއްބަސްވުން ތައްޔާރުކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތު ފުރިހަމަކޮށް، އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 25 އޮކްޓޫބަރު ގެ ނިޔަލަށް މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތައް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އެޗްޑީސީއިން އިތުރަށް ބުނީ، އަދި މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާފައިނުވާ ފަރާތްތަކުން އެ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުވާއިރު، މައުލޫމާތު ކަށަވަރުކުރުމަށްފަހު އެއްބަސްވުމުގައި ސޮއި ކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް: އެޗްޑީސިން ވަނީ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުން ތާވަލްކޮށްފައިވާ ގަޑިއަށް ސަމާލުވެގެން، ހުޅުމާލޭގެ ސެންތްރޯ ހޯލުގެ ދެވަނަ ފަންގިފިލާއަށް އައުމަށް އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!