ނިސާން ޑީސަލް ފެހިކަލްތަކާ ގުޅޭ ދޮގު މައުލޫމާތު ފޯރުކޮށްދިނުމުން ޖޫރިމަނާކޮށްފައި

ދެކުނު ކޮރެއާއިން ނިސާން ޖޫރިމަނާކޮށްފި

ދެކުނު ކޮރެއާގެ އެންޓިޓްރަސްޓް ރެގިއުލޭޓަރު، ކޮރެއާ ފެއާ ޓްރޭޑް ކޮމިޝަން (ކޭއެފްޓީސީ) އިން ނިސާން ކޮރެއާ ޖޫރިމަނާ ކޮށްފި އެވެ.

ކޮރެއާ ފެއާ ޓްރޭޑް ކޮމިޝަނުން އާދިއްތަ ދުވަހު ބުނި ގޮތުން ނިސާން ކޮރެއާ ޖޫރިމަނާކުރީ 146،700 އެމެރިކާ ޑޮލަރުންނެވެ.

ޖޫރިމަނާކުރަން ޖެހުނު ސަބަބެއް ކަމަށް ބުނެފައިވަނީ ނިސާން މަރުކާގެ ޑީސަލް ވެހިކަލްތަކުން ގޭސް ބޭރުކުރާ މިންވަރު ކަމަށް ބުނެ ދޮގު މައުލޫމާތު ދީފައިވާތީ އެވެ.

ކޮރެއާ ފެއާ ޓްރޭޑް ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި ނިސާން ކާރު އުފައްދާ ބެލެނިވެރި ކުންފުނި، ނިސާން މޯޓާ އާއި ޕޯޝޭ އަދި ސައުތު ކޮރެއާ ޕޯޝޭ ޔުނިޓްގައި ވެސް ފޭކް ސޮފްޓްވެއާ ބޭނުންކުރެ އެވެ. އެއީ ވެހިކަލްތަކުން ދުންއަރާ / ގޭސް ބޭރުކުރާ މިންވަރު އޮޅުވާލަން ކަމަށް ކޭއެފްޓީސީން ބުނެ އެވެ.

ކޮރެއާ ފެއާ ޓްރޭޑް ކޮމިޝަނުން ނިސާން ކޮރެއާ އަށް މިހާރު އަންގާފައި އޮތީ ކުރިން ދިން މައުލޫމާތުގެ ބަދަލުގައި ރަނގަޅު އަދި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އެ ނޫން ގޮތެއްގައި އެހެން ދިމާއަކުން އަދަބެއް އައުމަކީ ވެސް އެކަށިގެންވާ ކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!