ކ. ތިލަފުށީގައި ހުންނަ ޓިންބާ ހައުސްގެ ގުދަނުގައި ރޯވެފައި -- ފޮޓޯ: އެމްއެންޑީއެފް

ލަކުނޑި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް

ތިލަފުށީގައި ހުންނަ ލަކުނޑި ގުދަނެތްގައި އަލިފާނު ހާދިސާއެއް ހިނގައިފި އެވެ.

ސިފައިންގެއިން ބުނީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ ޓިމްބާ ހައުސް ނަމަކަށް ކިޔާ ގުދަނެއްގައި ކަމަށެވެ.

މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 10:05 ހާއިރު ކަމަށް ސިފައިންގެ އިން މައުލޫމާތުދެ އެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

މާލޭ ސަރަހައްދުއްގައި ހުންނަ ގުދަންތަކުގައި އަލިފާނުގެ ހާދިސާތައް ވަރަށް ގިނައިން ހިނގާ މަންޒަރު ފެނެ އެވެ. މި ފަދަ ހާދިސާތަކުގައި އިމާރާތަށާއި މުދަލަށް ބޮޑެތި ގެންލުންތަކެއް ލިބެ އެވެ. އަދި އަލިފާނުގެ ހާދިސާތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ލިބި އެފަދަ ހާދިސާތަކުގައި މަދުން ނަމަވެސް މީހުން މަރުވެފައިވެސް ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!