އެމެރިކާގެ ޖާސޫސީ ޑްރޯނެއް: ޕާކިސްތާންގައި ސްޓޭޝަން ނުކޮށް އަފްޣާން ބަލަހައްޓާނެޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން: އިންޓަވިއު ދެއްވަނީ

ޕާކިސްތާންގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެމެރިކާއަށް ހުއްދަ ދީފާނެ

އަފްޣާނިސްތާންގައި ޓެރަރިޒަމާ ދެކޮޅަށް އެމެރިކާއިން ހިންގަމުން ގެންދިއަ އޮޕަރޭޝަންތައް ދަމަހައްޓާނެ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް އޮތީ ވިދާޅުވެފަ އެވެ. އޭނާ މިހެން ވިދާޅުވީ އަފްޣާނުން އެމެރިކާ ސިފައިން ބޭލުމުގެ ކުރިންނެވެ.

ބައިޑަން ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާންގެ ބިމުގައި ނުތިއްބެއް ކަމަކު ޓެރަރިޒަމަށް ފުރުސަތެއް ނުދެއްވާނެ އެވެ. އަފްޣާނިސްތާންގައި ޓެރަރިސްޓުން ހާލިވހަދަން ޖާގައެއް ނުދެއްވާނެ އެވެ.

ސީއެންއެންއިން ރިޕޯޓްކުރާ ގޮތުގައި އަފްޣާންގައި އަސްކަރީ އަދި ޖާސޫސީ އޮޕަރޭޝަންތަކެއް ހިންގުމަށްޓަކައި ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންވކުރަން ރަސްމީ އެއްބަސްވުމެއް ބައިޑަން ސަރުކާރުން ވަރަށް އަވަހަށް ކަށަވަރުކުރާނެ އެވެ. މިކަމާ ގުޅުން ހުރި މައުލޫމާތު ކޮންގްރެސް މެމްބަރުންނަށް އޮކްޓޯބަރު 22 ގައި ދޭނެކަން ސީއެންއެންއަށް އޮތީ އެނގިފަ އެވެ.

ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީތެރިކަން ހޯދުމަށްޓަކައި މި މައްސަލައިގައި އެމެރިކާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކުރަން ޝައުގުވެރިވާކަން ޕާކިސްތާނުން ވެސް އޮތީ ފާޅުކޮށްފަ އެވެ.

އެމެރިކާއާއެކު ޕާކިސްތާނަށް އެއްގަލަކަަށް އެރިއްޖެ ނަމަ ޕާކިސްތާނާ އިންޑިއާ ދެމެދު އޮތް ހަލަބޮލި ގުޅުން މަސަލަސް ކުރަން އިސްލާމްއާބާދުއަށް ވޮޝިންޓަނުން އެހީތެރިވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ އޮފިޝަލުން ޕާކިސްތާނަށް ވަޑައިގެން އެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށް ހަބަރުތައް ބުނެ އެވެ. ސީއެންއެންގެ ރިޕޯޓާ ގުޅިގެން ޕެންޓަގަން އާއި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އަދި ޕާކިސްތާނުން ވެސް މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

ޕާކިސްތާންގެ އަސްކަރީ މަރުކަޒުތައް ވޮޝިޓަނުން ބޭނުން ކުރުމާ ބެހޭ ގޮތުން ބޮޑުވަޒީރު އިމްރާން ވިދާޅުވި ވިދާޅުވުން ގެންދަވަނީ ތަކުރާރު ކުރައްވަމުން ނެވެ. މިދިޔަ ޖޫން މަހު އެޗްބީއޯގެ އެކްސިއޮސް އޮންލައިންއަށް އިމްރާން ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އަށް އަސްކަރީ ބޭސްތަކަށް ހުއްދަ ދެއްވާނަންތޯ ސުވާލު ދެންނެވުމުން ބޮޑުވަޒީރު ވިދާޅުވީ އެއްގޮތަކަށް ވެސް ނުދެއްވާނެ ކަމަށެވެ.

އިމްރާންގެ ވިސްނުންފުޅު ހުރީ ޕާކިސްތާންގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެމެރިކާއަށް ހުއްދަ ދިން ނަމަވެސް އެމެރިކާ ސިފައިން ޕާކިސްތާން ބިމުގައި ހަރަކާތްތެރިވާ ގޮތަކަށް ނޫނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!