ގުރައިދޫއަށް ދިޔަ ބައެއްގެ ހުން ބަލަނީ --

ކ. ގުރައިދޫއިން 86 މީހަކު ކޮވިޑަށް ޕޮޒިޓިވް

ކ. ގުރައިދޫ އިން 86 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދަކީ ރެކޯޑް އަދަދަކަށް ކޮވިޑް ބައްޔަށް މީހުން ޕޮޒިޓިވްވީ ދުވަހެވެ. 225 މީހަކަަށް މިއަދު ބަލި ޖެހުނެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 39 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 153 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. އޭގެ ތެރެއިން 86 މީހަކު ނިސްބަތް ވަނީ ގުރައިދޫ އަށެވެ. އައްޑޫ އިން 17 މީހަކު އަދި ގއ. ވިލިނގިލިން 13 މީހަކަށް ބަލި ޖެހިފައިވެއެވެ.

ރިސޯޓްތަކުން 33 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 4،527 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،520 މީހުންނެވެ. މިހާތަނަށް 85،057 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 19 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 240 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!