241 ކޮމިޓީގައި މިނިސްޓަރު މާރިއާ ވާހަކަ ދައްކަވަނީ/ ފައިލް ފޮޓޯ: މަޖިލީސް

އިންޑިއާއަކީ ރާއްޖެއިން ގޮވާލި ކޮންމެ ކަމެއްގައިވެސް އެންމެ އަވަހަށް އެހީތެރިވާ ގައުމު: މާރިޔާ

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިއަދު އޮތް ގުޅުން ކުރިއަށް ވުރެ ވަރުގަދަ ކަމަށާއި، އިންޑިއާއަކީ ރާއްޖެއިން ގޮވާލި ކޮންމެ ކަމެއްގައިވެސް އެންމެ އަވަހަށް އެހީތެރިވާ ގައުމު ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. އިންޑިއާގައި ކުރިއަށްދާ ޑިފެންސް ކޮންކްލޭވްގައި ދެއްވި ވީޑިއޯ މެސެޖެއްގައި، މާރިޔާ ވަނީ، ރާއްޖޭގެ ތަރައްގީގެ ހުރިހާ ދާއިރާއަކުން ވެސް އިންޑިއާއިން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ، ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އިންޑިއާ އިން ލިބުނީ މުހިއްމު އެހީތަކެއްކަން މިނިސްޓަރު ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާއިން ވަނީ ރާއްޖެއަށް 250 މިލިއަން ޑޮލަރުގެ މާލީ އެހީ ދީފައެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި އެންމެ ބޮޑު މާލީ އެހީއަކީ އިންޑިއާއިން ދިން އެހީކަމަށް ވިދާޅުވެ މާރިޔާ ޝުކުރު އަދާކުރެއްވިއެވެ. މިއަހަރުގެ ފެބްރުއަރީ މަހު، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް 50 މިލިއަން ޑޮލަރުގެ ޑިފެންސް ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ދެ ގައުމު ދެމެދު ވަނީ ސޮއިކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!