ކޮވިޑާ ގުޅިގެން ހަވީރު 4 އިން ފެށިގެން ކާފިއު ހިންގާފައި އޮތް ވަގުތު ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލަ: ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް

19 އަހަރުގެ އަންހެނަކަށް މާލޭގައި އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ. 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ހުކުރު ދުވަހުގެ ރޭ 01:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ރޭ އަންހެން ކުއްޖަކު ރަހީނުކޮށް އެކުއްޖާއަށް އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ހަބަރުތަކެއް ދައުރުވެފައެވެ. ސޯޝަލް މީޑިއާގައި އެއަންހެން މީހާ ރަހީނު ކުރި ކަމަށް ބުނި ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ހަބަރުތަކުން ބުނާ ގޮތުން، އެ އަންހެން މީހާ އަށް އަނިޔާ ކުރީ ހުޅުމާލެއިން ރަހީނުކޮށްގެން މާލެ ގެނެސް ބަންދުކޮށްފައި ބަހައްޓައިގެންނެވެ. އަދި އެ އަންހެން މީހާ ހޯދީވެސް އާއިލާއާއި ރައްޓެހިން ނުކުމެ ކަމަށް ވަނީ ހަބަރު ފެތުރިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!