މޯލްޑިވްސް ހަލާލް ޓްރެވެލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ސަނީ އުމަރު އެކްސްޕޯގައި ރާއްޖެ ތަމްސީލް ކުރަނީ -- ފޮޓޯ: ޑރ. ސަނީ

އެމެރިކާގައި ކުރިއަށްދިޔަ ހަލާލް އެކްސްޕޯގައި ރާއްޖެ ތަމްސީލްކޮށްފި

އެމެރިކާގައި ކުރިއަށް ގެންދިޔަ ހަތަރުވަނަ ހަލާލް އެކްސްޕޯ އެންޑް ސަމިޓުގައި ދިވެހިރާއްޖެ ތަމްސީލް ކޮށްފި އެވެ.

ރާއްޖޭގެ ފަރާތުން މި އެކްސްޕޯގައި ބައިވެރިވީ މޯލްޑިވްސް ހަލާލް ޓްރެވެލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ސަނީ އުމަރެވެ.

އިއްޔެ އާއި މިއަދު އެމެރިކާގެ ވޮޓިޝަންގައި ކުރިއަށް ދިޔަ މި އެކްސްޕޯ އަކީ މުސްލިމް ފަތުރުވެރިކަމަށް އަމާޒުކޮށްގެން ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯ އެވެ.

އެކްސްޕޯގެ ތެރެއިން ކުރިއަށް ދިޔަ ބައެއް ފޯރަމް ތަކުގައި ވެސް ޑރ. ސަނީ ވަނީ ބައިވެރިވެވަޑައިގެން ހަލާލް ޓޫރިޒަމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއްރްސީގެ ބޮޑު އެހީތެރިކަމަކާ އެކު މޯލްޑިވްސް ހަލާލް ޓްރެވެލް ލޯންޗްކުރީ މިއަހަރު ދުބާއީގައި ބޭއްވި އަރޭބިއަން ޓްރެވެލް މާކެޓުގަ އެވެ.

މޯލްޑިވްސް ހަލާލް ޓްރެވެލް އިން ބުނީ މުސްލިމް ފަތުރުވެރިކަން ޕްރޮމޯޓްކޮށް ރާއްޖޭގައި ހުރި ފުރުސަތުތައް ދުނިޔޭގެ މާކެޓަށް އަންގައިދިނުމަށް އެ އެޖެންސީ ކުރިއަށް އޮތް ދުވަސްތަކުގައި މުހިއްމު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެގޮތުން އެމެރިކާގެ އިތުރުން ކެނެޑާ، މޮރޮކޯ އަދި ތުރުކީގައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ އެޖެންސީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަހަރުގެ ޖެނުއަރީން ފެށިގެން އޮގަސްޓްގެ ނިޔަލަށް އެމެރިކާ އިން 30،441 ފަތުރުވެރިޔަކު ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!