ސެނަހިޔާއަށް ލިޓަސް އިން ހަދިޔާކުރި ދެ ސައިކަލާއި އެކު ޑިފެންސް މިނިސްޓަރު މާރިޔާ، އަދި ސިފައިން -- ފޮޓޯ: އެމްއެންޑީއެފް

ސެނަހިޔާއަށް ލިޓަސްގެ ފަރާތުން ދެ ސައިކަލު ހަދިޔާކޮށްފި

އެމްއެންޑީއެފްގެ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ފަސްޓް ރެސްޕޮންޑަރުން، ހާދިސާތަކުގައި ހަރަކާތްތެރިވުމަށްޓަކައި، ލިޓަސްގެ ފަރާތުން ސިފައިންގެ މެޑިކަލް ކޯ އަށް ދެ ސައިކަލު ހަދިޔާ ކޮށްފިއެވެ. މިއަދު ސެނަހިޔާގައި ބޭއްވި ރަސްމިއްޔާތުގައި ލިޓަސްގެ ފަރާތުން ސިފައިންނަށް އެ ދެ ސައިކަލު ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު ޔާސިފް ރަޝީދެވެ. ސިފައިންގެ ފަރާތުން އެ ދެ ސައިކަލާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. ލިޓަސްގެ ފަރާތުން ސިފައިންނަށް ހަދިޔާ ކުރީ “ހައޮޖެވް” ބްރޭންޑުގެ ދެ ސައިކަލެވެ. މި ރަސްމިއްޔާތުގައި މާރިޔާގެ އިތުރުން، ޗީފް އޮފް ޑިފެންސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ސިފައިންގެ އިސް އޮފިސަރުންނާއި މެޑިކަލް ކޯގެ އިސް އޮފިސަރުން ބައިވެރިވެ ވަޑައިގަތެވެ. ލިޓަސް އިން މިއަދު ސިފައިންނަށް ދެ ސައިކަލު ހަދިޔާ ކޮށްފައި ވާއިރު، އައްޑޫގައި ހަރަކާތްތެރިވާ ފުލުހުންގެ އޮޕަރޭޝަންތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެކުންފުނިން ވަނީ ފުލުހުންނަށް ހަ ސައިކަލެއް މީގެ ކުރިން ހަދިޔާކޮށްފައެވެ. މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށާއި ލިޓަސް އަށް އާންމުންގެ ބައެއް ފާޑުކިއުންވެސް ވަނީ އަމާޒުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!