ފަތުރުވެރިޔެއްގެ ފައިސާތައް ވަގަށް ނެގި ބަންގްލަދޭޝް މީހާ -- ފޮޓޯ: ޕޮލިސް

ޓުއާ ގައިޑަކަށްވެގެން ޓޫރިސްޓެއްގެ ފައިސާތައް ވަގަށް ނަގައިފި

ޓުއާ ގައިޑަކަށް ވެގެން ފަތުރުވެރިއެއްގެ ފައިސާތައް ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ޓުއާ ގައިޑަކަށް ވެގެން ފަތުރުވެރިޔަކަށް ހިދުމަތް ދިނުމަށްފަހު އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނެގި މީހަކު ހޯދަމުންދާ ކަމަށެވެ.

މައްސަލަ ބަލަމުން ދިޔަ ނަަމަވެސް އެއީ ކާކުކަން މިހާތަނަށް އަދި ފުލުހުންނަށް ދެނެގަނެވިފައެއް ނުވެ އެވެ.

ނަމަވެސް އެ މީހާ އަކީ ބަންގްލަދޭޝަށް ނިސްބަތްވާ މީހެއްކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެ އެެވެ.

އެމީހާގެ ފޮޓޯ އާންމުކުރަމުން ފުލުހުން ބުނީ ފަތުރުވެރިޔާގެ ފައިސާތައް އެ މީހާ ވަގަށް ނަގާފައިވަނީ އެ ފަތުރުވެރިޔާ އާޓިފިޝަލް ބީޗްގެ މޫދަށް އެރުނު ވަގުތު ކަމަށެވެ.

އެ މީހާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނަށް ރިޕޯޓް ކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!