ފުލުހުންގެ އިދާރާ- ކުޑަކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަން ވަނީ ނިންމާފައި -- ފޮޓޯ: އަވަސް އާކައިވް

ކުޑަކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަނީ

ކުޑަކުއްކަޖަށް ފުލުހުން އަނިޔާކުރި ކަަމަށް ބުނާ މައްސަަލަ ބަލަން ނިންމައިފި އެވެ.

ފުލުހުންގެ މީީޑިއާ އޮފިޝަލު ވިދާޅުވީ އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ކުޑަ ކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައިވާ ގޮތާ ގުޅޭ މައުލޫމާތު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން މިހާރު ސާފުކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފާށް އަމަލުކޮށްފައިވާ ކަަމަށް ތުހުމަތުކުރެވިއްނެޖަމަ ފުރިހަމަ ތަހުގީގެއް ހިންގައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް ފުލުހުންދެ އެވެ.

ކުޑަކުއްކަޖަށް ފުލުހުން އަނިޔާކުރީ އެ ކުއްޖާ ދިރިއުޅޭ ގެއަށް ކޯޓު އަމުރަކާ ނުލައި ވަނުމަށްފަހު ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!