ޔުނިވާސަލްގެ ފާރުފުށި މޯލްޑިވްސް ރިސޯޓު ---

ފާރުފުށި އިންވެސްޓްމެންޓް، ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި

އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓާއި ހިލާފަށް، ރ.ފާރުފުށީގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކޮށްފައިވާތީ ފާރުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ. އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ފާރުފުށި ޖޫރިމަނާކުރީ 275،000 ރުފިޔާ އިންނެވެ. އީޕީއޭއިން ބުނީ ފާރުފުށި ޖޫރިމަނާކުރީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ އީއައިއޭ ރިޕޯޓާ ހިލާފަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ވާތީ ކަމަށެވެ. ޖޫރިމަނާ ފައިސާ އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީއަށް ދެއްކުމަށް ފާރުފުށި އިންވެސްޓްމަންޓަށް ދީފައި ވަނީ 30 ދުވަހުގެ މުއްދަތެކެވެ. ފާރުފުށި ރިސޯޓަކީ ޔުނިވާސަލް ރިސޯޓް ގުރޫޕުން ތަރައްގީކުރި ރިސޯޓެކެވެ. އެ ރިސޯޓް ހުޅުވައި ހިދުމަތް ދޭން ފަށާފައިވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!