ރިސޯޓް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އައިކެއާ އިން

ސްކޫލް ބަންދާ ދިމާކޮށް އައިކެއާ އިން ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ކަސްޓަމަރަކަށް ރިސޯޓެއްގައި ދެ ރޭ ހޭދަ ކޮށްލުމުގެ ފުރުސަތު ދޭނެ އެވެ.

ޕްރޮމޯޝަންގައި އަވި އައިނާއި ނަންބަރު އައިނު ގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލާފަ އެވެ. ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ 1،000ރ. އިން މަތިން ވިޔަފާރި ކުރާ ނަމަ އެވެ. ލަކީޑްރޯގައި ބައިވެރިވުމަށް ކޫޕަންގައި ފުރިހަމަ ނަމާއި އައިޑީކާޑު ނަންބަރުގެ އިތުރުން ފޯނު ނަންބަރު ޖަހަން ޖެހެ އެވެ.

މި ޕްރޮމޯޝަން މިމަހުގެ 16 ވަނަ ދުވަހު ފަށައިފައިވާއިރު، ނިމޭނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ގުރު ނެގުން އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

ރާއްޖޭގައި އާންމުންގެ އިތުބާރު ހޯދާފައިވާ އައިކެއާ އިން ހިދުމަތް ހޯދައިގެން ޗުއްޓީ ދަތުރެއް ހޯދަން މިއީ ލިބޭ ފުރުސަތެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!