ސީލައިފް ހުޅުމާލެ އިމާރާތްތައް / ފޮޓޯ: ސީލައިފް ވެބްސައިޓް

ސީލައިފުން އޮޅުވާލި މީހުންނަށް ވިނަރެސް އިން ފްލެޓް ގަންނަން ފުރުސަތު ދީފި

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާދައްކާފައި ވާ ފަރާތްތަކަށް “ވިޔަރެސް” ހައުސިން މަޝްރޫގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސީލައިފާ އެކު އެޗްޑީސީން ވަނީ 3000 ހައުސިންގް ޔުނިޓް އެޅުމަށް 2014 ވަނަ އެއްބަސް ވެފައެވެެ. ސީލައިފް ގްލޯބަލް އިން ވަނީ އެއްބަސްވުމާ ހިލާފަށް އެތައް ބައެއްގެ އަތުން ބުކިން ފީގެ އިތުރުން ޑައުންޕޭމަންޓުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން ނަގާފައެވެ. އަދި މި މައްސަލައިގައި ފައިސާ ދައްކާފައިވާ ބައެއް ފަރާތްތަކަށް އެޗްޑީސީން ވަނީ އެ ފައިސާ ރީފަންޑް ކޮށްދީފައެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކާއި ދެމެދު ހަދާފައިވާ “ސެޓްލްމަންޓް އެގްރީމެންޓްގެ” 4.3 ވަނަ މާއްދާގެ ދަށުން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދެއްކި ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނަށް ލިޔުން ހުށަހަޅައި އެ ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ “ވިޔަރެސް” ގެ އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ވިލަރެސްއިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރި ވާ ނަމަ މި މަހުގެ 28 ވަނަ ދުވަހުގެ 15:30 ކުރިން ރަޖިސްޓާ ވުމަށް އެޗްޑީސީން ބުނެއެވެ. އަދި ރަޖިސްޓާ ވާ ފަރާތްތަކަށް، ވިލަރެސް ގެ މައުލޫމާތު ހިމެނޭ ލިޔެކިޔުންތައް އީމެއިލް ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން ސީލައިފަށް ފައިސާ ދައްކާފައިވާ އަދި ރީފަންޑް ލިބިފައި ނުވާ ފަރާތްތައް ސީލައިފްގެ އެޕާޓްމަންޓް ގަތުމަށް ފައިސާ ދެއްކިކަން ސާބިތުކޮށްދޭ ލިޔުން އީމެއިލް ކުރުމަށް ފަހު ވިނަރެސް އެޕާޓްމަންޓް ގަތުމަށް ރަޖިސްޓާ ވުމަށް އެޗްޑީސީން ބުނެއެވެ. ވިނަރެސް އިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް މި ލިންކަށް ވަދެގެން އެކަން ފުރިހަމަ ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. ހަމައެއާއެކު މި ކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަންގެ ނަންބަރ 3355368 / 3355195 އަދި ގެހޮޓްލައިން ނަންބަރު 7355594 އަށް ގުޅައިގެން ކުރިއަށް ދިއުމަށް އެޗްޑީސީން ބުނެއެވެ. 3000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ އެއްބަސްވުމުގައި އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިން ސޮއިކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ. އަދި އެޗްޑީސީން ފުރަތަމަ އެއްބަސްވުން ބާތިލުކޮށްފައި ވަނީ ވެސް އެ ކުންފުނިން އެންމެ ފުރަތަމަ ފިޔަވަހީގައި އަޅަން އެއްބަސްވި 1000 ހައުސިން ޔުނިޓްގެ މަސައްކަތް، ސެޕްޓެމްބަރު 14، 2015 ގައި އެ ކުންފުނިން އެއްބަސްވުމާ އެއްގޮތައް އަމަލު ނުކުރުމުންނެވެ. ދެވަނަ ފުރުސަތެއް ދީ ސީލައިފާ އެކު އެއްބަސްވުން އެޗްޑީށީން އިއާދަކުރި ނަމަވެސް އަނެއްކާ ވެސް އެއްބަސްވުމާ ސީލައިފުން ހިލާފު ވުމުން ވަނީ އޮކްޓޯބަރު 25، 2018 ގައި ބާތިލު ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!