ފޮޓޯ: ގޫގުލް

މާލެއަތޮޅުން ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މާލެއަތޮޅުން ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހުޅުވާލައިފި އެވެ. އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާލެ އަތޮޅު ގާފަރުގައި ބާއްވާ ހަފުލާގައި މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ ކެޔޮޅުންނަށް ޚާއްސަ އެވޯޑެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި އެވޯޑު ދޭނީ މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މާލެއަތޮޅުން ހޮވާލެވޭ އެންމެ ޚިދުމަތްތެރި (35 އަހަރުން ދަށް) ކެޔޮޅާއި އެންމެތަޖުރިބާ (35 އަހަރުން މަތި) ކެޔޮޅަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެެހެންވެ، އެ އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު، ނޮވެމްބަރ 15 ވާ ހޯމަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް އެދޭ ފޯމާއި ކްރައިޓީރިއާ އެ މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިން ލިބޭނެ އެވެ. މި އެވޯޑަށް އަމިއްލަ ގޮތުންނާއި އެހެންފަރާތެއް މެދުވެރިކޮށް ވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ. އެވޯޑަށް އެދި ފޯމު ހުށަހަޅަން ޖެހެނީ [email protected] އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!