ވ. އޮޅުވެލި ރިސޯޓުކައިރިން ކަނޑުމަތިން ލޯންޗު ބަންދުން ޖަހާލި ހާދިސާގައި ގެއްލުނު ޖައިޝް ޖިނާހު

ޖުޔަލް ހޯދަން ކަނޑުމަގުން 131 ނޯޓިކަލް މޭލު ބަލައިފި

މިދިޔަ ހޮނިހިރު ދުވަހު ވ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ލޯންޗަށް ސަން ޝިޔާމް އޮޅުވެލި ރިސޯޓު ކައިރިން ރާޅެއްޖަހާ ހިނގި ހާދިސާގައި ގެއްލުނު ހަތަރު އަހަރުގެ ކުޑަކުއްޖާ ހޯދަން ކަނޑުގެ މަގުން 131 ނޯޓިކަލް މޭލް ސަރަހައްދެއް ބަލައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ ކަނޑުގެ މަގުން 131 ނޯޓިކަލް މޭލް ބަލާފައިވާ ކަމަށާއި ވައިގެ މަގުން 4512 ނޯޓިކަލް މޭލް ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ. މާލެއިން 14 މީހުންނާއެކު ވ އަތޮޅަށް ދަތުރުކުރަމުން ދިޔަ “ޑްރީމް ސްޕީޑް 2” ލޯންޗު އޮޅިވެލި ރިސޯޓް ކައިރިން ކ.ގުރައިދޫއަށް ދާން އަނބުރާލި ވަގުތު ޖެހިރާޅަކާ ކަނޑަށް ވެއްޓުނު 3 މީހުންގެ ތެރޭގައި މަރިޔަމް ނާހިދާ ހިމެނޭއިރު، އޭނާ ވަނީ ނިޔާވެފައެވެ. އަދި އޭނާގެ 4 އަހަރުގެ ޖުޔަލް ޖިނާހު ވަނީ ގެއްލިފައެވެ. ދެން ވެއްޓުނު މީހާ ވަނީ ސަލާމަތްކޮށްފައެވެ. ޖުޔަލް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް އަންނަނީ ކުރަމުންނެވެ. އެމްއެންޑީއެފުން މީގެ ކުރިން ވަނީ މިކުއްޖާ ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑު ޝިޕް، ޝަހީދު އަލީ ދަނީ އެ ހަރަކާތްތެރި ވަމުން ކަމަށް ވެސް ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!