މިރޭ އެމްޑަބްލިއުއެސްސީން ފެނުގެ ހިދުމަތް ކަނޑާލަން ހަމަޖެހިފައިވާ ސަރަހައްދު ރީނދޫ ކުލައިން ފާހަގަ ކޮށްފައި

މިރޭ 11 އިން ފަތިހު 5 އަށް ރޯޝަނީ މަގުގެ ބައެއް ގެތަކުން ފެން ކަނޑާލަނީ

ވޯޓާ ސަޕްލައި ހިދުމަތް އަޕްގްރޭޑް ކުރުމަށް މާލެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން މިރޭ ހެންވޭރުގެ ބައެއް ގެތަކުން ފެނުގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ. ފެން ކުންފުނިން ބުނީ މިރޭ ފެނުގެ ހިދުމަތް މެދުކެނޑޭނީ ރޯޝަނީ މަގުގައި ހުންނަ ބައެއް ގެތަކުން ކަމަށެވެ. އެގޮތުން މިރޭ 11:00 އިން ފެށިގެން ފަތިހު 5 އާ ދެމެދުގެ ވަގުތަކަށް އެ ސަރަހައްދުގައި ހިމެނޭ ގެތަކުން ފެނުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެމްޑަބްލިއެސްސީން ވަނީ މިރޭ ފެނުގެ ހިދުމަތް ކެނޑުމަށް ހަމަޖެހިފައިވާ ސަރަހައްދު ޗާޓުން ފެންނާނެ ހެން ފާހަގަކޮށް ހިއްސާކޮށްފައެވެ. އެ ޗާޓުން ފެންނަ ގޮތުގައި ސަނދުބަރަކަ ގޯޅިއާއި ފިލިގަސް މަގާ ދެމެދުން ރޯޝަނީ މަގުގައި ހުންނަ ގެތަކުން ފެން ކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!