ކަނޑު ގަދަ ދުވަހެއްގައި ދޯންޏެއް ދަތުރު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަތުރުކުރާ ފަރާތްތަކުން، ރައްކާތެރިކަމަށް އިސްކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި

މި ދުވަސްވަރު، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަލާމަތާ ރައްކާތެރިކަމަށް އިސްކަން ދިނުމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެން) އިން އިލްތިމާސް ކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ މޫސުމަށް ސަމާލުކަމެއް ނުދީ، ވިސްނާލުމެއްނެތި ކުރާކަމަކުން ފުރާނައަށް ނުރައްކާވާ ހާލަތަށް ހުށަހެޅިގެންދިޔުމަކީ ނުހަނު ކައިރީގައިވާ ކަމެކެވެ. އެހެންކަމުން ތިމާއާ އަނެކާގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަންދީ، ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. މިއަދުގެ މިހާތަނަށް ނުރައްކާތެރި ދެ ހާދިސާއެއް މާލެ ސަރަހައްދުގައިވަނީ ހިނގާފައެވެ. އެތަނުން އެއް ހާދިސާ އަކީ، އެކަނި ބޯވަ ނަގަން ގޮސް އުޅުނު މީހަކު މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާދިޔުމެވެ. އެ މީހާ ފެނިފައިވަނީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުންދަނިކޮށް އެވަގުތު އެސަރަހައްދުން ދަތުރުކުރި ބަޔަކަށެވެ. މައުލޫމާތު ލިބޭގޮތުގައި އެ މީހާއަކީ ދިވެސެކެވެ. އޭނާ މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. ދެވަނަ ހާދިސާ އަކީ މާރުކޭޓު ބޭރު ތޮށިމަތީ މަސްބާނަން ތިބި ދެ މީހުންގެ ތެރެއިން އެކަކު ތޮށިމަތިން ބޭރަށް ވެއްޓިގެން ހިނގި ހާދިސާއެވެ. މިހާދިސާގައި މޫދަށްވެއްޓުނު މީހާ ވަނީ ސިފައިންގެ އެހީތެރިކަމާއެކު މޫދުން ނަގައި، ސީޕީއާރް ދީ، ޕޮލިހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލް އަށް ފޮނުވާފައެވެ. މައުލޫމާތު ލިބޭގޮތުގައި އެ މީހާއަކީ ވެސް ދިވެސެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!