ފީވަކު ނެރުމައްޗަށް ބަންޑުން ޖަހާލި ދޯނި --- ފޮޓޯ: ކައުންސިލް

ފީވަކު ނެރުމައްޗަށް ދޯންޏެއް ބަންޑުން ޖަހާލައިފި

ށ. ފީވަކު ނެރުމައްޗަށް ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ. ފީވަކު ކައުންސިލްގެ ނައިބް ރައީސް އަހްމަދު މަނިކް ‘ސަން’ އަށް ވިދާޅުވީ, ހދ. ކުޅުދުއްފުށިން ފުރައިގެން އެ ރަށަށް އައި 45 ވަރަކަށް ފޫޓުގެ ފައިބަރު ދޯންޏެއް ނެރުމައްޗަށް ބަންޑުން ޖަހާލާފައިވާ ކަމަށެވެ. މިއަދު ހަވީރު ފަހެއް ޖަހަން ވެފައިވަނިކޮށް ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާއިރު, އެ ވަގުތު ދޯނީގައި ތިން ދިވެހިން ތިބި ކަމަށް މަނިކު ވިދާޅުވިއެވެ. “ބަނދަރަށް ވަންނަން އުޅެނިކޮށް ނެރުމައްޗަށް ބަންޑުން ޖަހާލީ ނެގި ރާޅަކާއެކު,” މަނިކު ވިދާޅުވިއެވެ. ފީވަކު ނެރުމައްޗަށް ބަންޑުން ޖަހާލި ދޯނި އުއްޑުން ޖެހުމަށް މަސައްކަތް ކުރަނީ — ފޮޓޯ: ކައުންސިލް ކުޅުދުއްފުށީގައި ބޭނުންކުރާ އެކްސްކަވޭޓަރަކަށް ‘އިސްޕިރޭނެއް’ ބަލައި ފީވަކަށް ދިޔަ ދޯނި ބަންޑުން ޖަހާލުމުން އެ ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު, ދޯނި މިހާރު ވަނީ ބަނދަރުތެރެއަށް ވައްދާފައެވެ. އަދި ހައިމާކަކުން ދޯނި އުއްޑުން ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. މިދިޔަ ހަފްތާ ނިމެން ވެފައިވަނިކޮށް މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު, ކަނޑުމަތީގެ ހިތާމަވެރި ހާދިސާތަކެއް ހިނގައި ދެ މީހަކު ވަނީ މަރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!