ކޮވިޑްގައި މަރުވި މީހަކު ވަޅުލުމުގެ ތެރެއިން: ކޮވިޑް ބަލީގައި ތިނަދޫއިން ތުއްތު ކުއްޖަކު މަރުވެއްޖެ

ކޮވިޑްގައި ކުޑަކުއްޖަކު މަރުވެއްޖެ

ގދ. ތިނަދޫގައި ކޮވިޑަށް ފަރުވާދެމުންދިޔަ ކުޑަ ކުއްޖަކު މަރުވެއްޖެ އެވެ.

ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ މަރުވެފައިވަނީ ތިން މަހުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ މަރުވީ ތިނަދޫގެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

މިއީ މި މަހުގެ ހަތްވަނަ ކޮވިޑް މަރެވެ. އަދި ތިނަދޫން މަރުވި ހަވަނަ މީހާ އެވެ. މި އާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 239 އަށް އަރާފަ އެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 77 މީހުނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 25 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އޭގެތެރެއިން 37 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!