އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --

ދުނިޔެއިން ފަގީރުކަން ނައްތާލަން އެންމެން ގުޅިގެން އިތުރަށް މަސައްކަތް ކުރަން ޖެހޭ: ޝާހިދު

ދުނިޔެއިން ފަގީރުކަން ނައްތާލަން އެންމެން ގުޅިގެން އިތުރަށް މަސައްކަތް ކުރަން ޖެހޭކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ، ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ފަގީރުކަން ނައްތާލުމުގެ ދުވަހާ ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ދުނިޔޭގެ އެކިކަންކޮޅުގައި ތިބި 1.3 ބިލިއަން ފަގީރުންނާއި، އިންތިހާ ފަގީރުކަމުގައި އުޅޭ 100 މިލިއަން މީހުންގެ ފަގީރުކަން، 2030 ގެ ކުރިން ނައްތާލުމަށް ކުރާ މަސައްކަތައް ކޮވިޑް-19 ގެ ބަލިމަޑުކަމާއި މޫސުމީ ބަދަލުތަކާއި ގުޅިގެން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، ފަގީރުކަން ނައްތާލުމަށް މިހާތަނަށް ކުރެވުނު މަސައްކަތް ދަމަހައްޓައި، ކޮވިޑް-19 ގެ ސަބަބުން ދިމާވި ހީނަރުކަމުން އަރައިގަތުމަށް އެންމެން ގުޅިގެން އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ. “ތައުލީމާއި ސައިންސް އަދި އިގްތިސާދުގެ ފަދަ ވަޒީފާގެ ފުރުސަތުތަށް ހިމެނޭ އަދި އެކަމުގައި ފަޚުރާއި ގަދަރު ހިމެނޭ ދާއިރާތަކުގެ މިންގަޑުތަކާއި ފުރުސަތުތަށް ފަހިކޮށް، ފަގީރުކަން ނައްތާލުމަށް ކުރެވޭ މަސައްކަތަށް ކުރިމަތިވި އުނދަގޫތަކުން އަރައިގަނެ އިތުރު މަސައްކަތްކުރުމުގައި އަޅުގަނޑުމެން ދެމިތިބެންޖެހޭ،” ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ފަގީރުކަމާއި ދެކޮޅަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތަށް ބޭނުން ވަނީ ގައުމުތަކުން ކޮވިޑް-19 ގެ ފަހުން ތަފާތު އިގްތިސާދަކަށް ތައްޔާރުވުން ކަމަށެވެ. އެގޮތުން އާ ވިޔަފާރިއާއި ދާއިރާތަކަށް ފައިސާއާއި މަސައްކަތްތެރިންނާއި ހުނަރާއި އާ ކަންކަން ފަހިކޮށްދޭން ޖެހޭ ކަމަށް ޝާހިދުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. “ފަގީރުކަން ނައްތާލުމާ ގުޅޭ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެން ސާބިތުވާންވީ ސާފު، ފެހި އަދި ދެމެހެއްޓެނިވިގޮތެއްގައި ދުނިޔެއަށް ދިމާވެފައި ހީނަރުކަމުން އަރައިގަތުމަށާއި އެންމެ ނާޒުކު ހާލަތުގައި ތިބި ރައްޔިތުނަށް އެހީވުމަށް،” ޝާހިދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!