މަހުމޫދުގެ މަރު: ބިދޭސީ މީހާގެ ބައިވެރިވުން އޮތް ކަމުގެ ސާފު ހެކި

އަނިޔާވެރިންގެ ރަހުމުކުޑަ ހަމަލާތަކެއްގެ ޝިކާރައަކަށްވި އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ އެ ކަމުގައި ބައިވެރިވި ކަމުގެ ސާފު ހެކި ލިބިފައިވާކަން ހާމަވެއްޖެ އެވެ.

ފުލުހުންގެ ބަންދުގައި ހުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ސާލިމްއެވެ. އޭނާއަކީ އެ ރަށު “ނެދުންގެ” ގައި އޮތް އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނު މީހެކެވެ. ތަހުގީގަށް ހޯދުނު މައުލޫމާތުތަކާއެކު އިއްޔެގެ ވަގުތެއްގައި ސާލިމް ވަނީ ހައްޔަރުކޮށްފައެވެ.

އަދި އޭނާގެ ފަރާތުން ލިބުނު މައުލޫމާތާއެކު ތަހުގީގަށް ކުރިއެރުން ލިބި ތަހުގީގު އިތުރަށް ފުޅާކުރިއެވެ. ފުލުހުންްގެ އިތުރު ބަޔަކު ވަނީ ދަނގެއްޗަށް ގޮސް ތަހުގީގުގައި ބައިވެރިވާން ފަށާފައެވެ.

މިއަދު ހެނދުނުން ފެށިގެން ފުލުހުން ވަނީ ސާލިމް ދިރިއުޅުނު ގެއަށް އޭނާ ގޮވައިގެން ގޮސްފައެވެ. އަދި އޭގެ ފަހުން މަހުމޫދު މަރާލާފައި އޮތް ވަޅުކައިރިއަށް ގެންގޮސް އޭނާ މެދުވެރިކޮށް ގިނަ މައުލޫމާތުތަކެއް ވަނީ ހޯދާފައެވެ. ފުލުހުން އެކަން ކުރިއަށް ގެންދިޔައީ ބޮޑު ސަރަހައްދެއް ބަންދުކޮށްގެންނެވެ.

އަވަސްއަށް މައުލޫމާތު ދެމުން އެ ރަށުގެ އިސް ބޭފުޅަކު ވިދާޅުވީ މަހުމޫދުގެ މަރުގައި ސާލިމް ބައިވެރިވާ ކަމުގެ ސާފު ހެކި ލިބިފައިވާ ކަމަށެވެ. އަދި މިއަދު އޭނާ ލައްވާ މަހުމޫދާމެދު އަމަލުކުރި ގޮތް ކުޅުވާފައިވާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ avas.mv

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!