މާލެ އިން ފެލިދޫ އަށް ދަތުރުކުރި ޑްރީމް ސްޕީޑް2: އެ ލޯންޗުން މޫދައް ވެއްޓުނު އަންހެނަކު ވަނީ މަރުވެފައި --- ފޮޓޯ: ސަން

ލޯންޗުން ކަނޑަށް ވެއްޓި މަރުވި ނާހިދާގެ ޖަނާޒާ އަސްރު ނަމާދަށް ފަހު

އިއްޔެ މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރުކުރި ލޯންޗަކުން ކަނޑަށް ވެއްޓި މަރުވި މަރިޔަމް ނާހިދާގެ ޖަނާޒާ މިއަދު އަސުރު ނަމާދަށް ފަހު ބާއްވަން ނިންމައިފިއެވެ. މާލެ އިން ފުރައިގެން ވ. ފުލިދޫއަށް ދަތުރުކުރި ޑްރީމް ސްޕީޑް 2 ނަމަކަށް ކިޔާ ލޯންޗުން ދަތުރު ކުރަނިކޮށް، މޫސުން ގޯސްވުމުގެ ސަބަބުން ކަނޑަށް ވެއްޓި މަރުވި ނާހިދާގެ ހަށިގަނޑު މާލެ ގެނައީ މިއަދު ހެނދުނު 07:30 ހާއިރުއެވެ. އަދި އޭނާގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މަސްޖިދު ތައާވުންގައިއެވެ. އިއްޔެ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް އެ ލޯންޗު ދިޔަވީ އޮޅުވެލި ރިސޯޓް ކައިރިންނެވެ. އެ ހާދިސާގައި ނާހިދާ އާއި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅާއި އިތުރު މީހަކު ވިއްސައިގެން ގޮސް، ކަނޑަށް ވެއްޓުނެވެ. އޭގެ ތެރެއިން އެކަކު ސަލާމަތް ކުރެވުނު އިރު، ނާހިދާގެ ދަރިފުޅު އަދިވެސް ފެނިފައި ނުވެއެވެ. އެ ލޯންޗުން ދަތުރުކުރި މީހުންނާ އެކު މިހާރު އެ ލޯންޗު ވަނީ ކ. ގުރައިދޫއަށް ގެންގޮސްފައި އެވެ. ގުރައީދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ‘ސަން’ އަށް ވިދާޅުވީ, އެ ހާދިސާއާ ގުޅިގެން ފަސް މީހަކު މަރުކަޒަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ ތެރޭގައި 33 އަހަރުގެ އަންހެނަކު ހިމެނުނު ކަމަށާއި އޭނާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. އެމްއެންޑީއެފްއިން ބުނީ ގެއްލުނު ކުޑަކުއްޖާ ހޯދުމަށް މިހާތަނަށް 10 ސްކޮޔާ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!