ވިލާގެ ދަރިވަރުންނަށް ތަމްރީން ދޭން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު -- އަަވަސް

ވިލާގެ ދަރިވަރުންނަށް އައިއޭއެސްއިން ތަމްރީން ދެނީ

ވިލާ ކޮލެޖުގައި އޭވިއޭޝަނާ ގުޅޭ ދާއިރާއިން ކިޔަވާ ދަރިވަރުން އައިލެންޑް އޭވިއޭޝަން އިން ތަމްރީން ދޭން ނިންމައިފި އެވެ.

ވިލާ ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖުގައި ނެޝެނަލް ސެޓްފިކެޓް 3 އިން ރިޒެވޭޝަން އެންޑް ޓިކެޓިންގެ ކޯސް ހަދާ 60 ދަރިވަރަކަށް 10 ހަފްތާގެ މުއްދަތަށް ތަމްރީން ދޭނެއެވެ. މި ކޯސް ފަރުމާކޮށްފައި އޮތް ގޮތުން ކޯހުގެ 50 ޕަސެންޓަކީ އަމަލީ ތަޖުރިބާއާ މަސައްކަތުގެ ބައެވެ.

މި ކޯހަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިއަށްގެންދަވާ ސްކިލްސް ފޯ ރިޒެލިއަންޓް ވޯކް ފޯސްގެ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެއް ވެސް މެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!